ސްރީ ލަންކާ: ބޮޑުވަޒީރަކު އައްޔަންކޮށް ވަގުތީ ކެބިނެޓް އެކުލަވާލައިފި

ސްރީ ލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންހަ އެމަނިކުފާނުގެ ސަރުކާރަށް ބޮޑުވަޒީރަކު އައްޔަންކުރައްވައިފި ވަގުތީ ކެބިނެޓެއް އެކުލަވާލައްވައިފިއެވެ. އެގޮތުން ބޮޑުވަޒީރުކަމަށް އައްޔަންކުރެއްވީ ސީނިއަރ...

22 Jul 2022 | 09:30

ސްރީ ލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންހަ އެމަނިކުފާނުގެ ސަރުކާރަށް ބޮޑުވަޒީރަކު އައްޔަންކުރައްވައިފި ވަގުތީ ކެބިނެޓެއް އެކުލަވާލައްވައިފިއެވެ.

އެގޮތުން ބޮޑުވަޒީރުކަމަށް އައްޔަންކުރެއްވީ ސީނިއަރ ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީ (އެސްއެލްޕީޕީ) ގެ އެމްޕީ ދިނޭޝް ގުނަވަރްދަނަ އެވެ.

އެއަށްފަހު ވަގތީ އައު ކެބިނެޓެއް އެކުލަވާލައި ކެބިނެޓްވެސް ވަނީ އިއުލާނުކުރައްވާފައެވެ.

އެގޮތުން ކެބިނެޓަށް 18 މިނިސްޓަރަކު އައްޔަންކުރައްވާފައިވާއިރު ޑިފެންސް ސެކްރެޓަރީގެ މަގާމަށްވެސް ބޭފުޅަކު އައްޔަންކުރައްވާފައިވެއެވެ. ޑިފެންސް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވީ ރިޓަޔަޑް ޖެނެރަލް ކަމާލް ގުނަރަތުނައެވެ.

އައު ސަރުކާރު އެކުލަވާލި ނަމަވެސް ސްރީ ލަންކާގެ އާއްމު ހާލަތު އަދި އެހާ ރަނގަޅުވެފައެއްނުވެއެވެ. މަގުތައްމަތީގައި އިދިކޮޅުން އަދިވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް