ދްރޫޕަދީގެ ޤާބިލުކަމާއި ތަޖުރިބާގެ ބޭނުން ކުރައްވައިގެން އިންޑިއާ އިތުރު ހަރުފަތަކަށް ގެންދަވާނެ: ރައީސް ސާލިހު

ދްރޫޕަދީގެ ޤާބިލުކަމާއި ތަޖުރިބާގެ ބޭނުން ކުރައްވައިގެން އިންޑިއާ އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމާމެދު ޝައްކެތް ނުކުރައްވާ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެ...

22 Jul 2022 | 05:41

ދްރޫޕަދީގެ ޤާބިލުކަމާއި ތަޖުރިބާގެ ބޭނުން ކުރައްވައިގެން އިންޑިއާ އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމާމެދު ޝައްކެތް ނުކުރައްވާ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ 15 ވަނަ ރައީސް ކަމަށް ދްރޫޕަދީ މުރްމޫ އިންތިޚާބުވެވަޑައިގެންނެވުމާ ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޓުވީޓްގައި ވިދާޅުވީ އެކަމަނާގެ ލީޑަރޝިޕްގައި ވެސް އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

https://twitter.com/ibusolih/status/1550170423991615488?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1550170423991615488%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F106202

އިންޑިއާގެ ރައީސް ކަމަށް ދްރޫޕަދީ މުރްމޫ އިންތިޚާބު ކުރައްވާފައިވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާއި އިންޑިއާގެ ސްޓޭޓްތަކުގެ ލެޖިސްލޭޓިވް އެސެމްބްލީތަކުގައި އިއްޔެ ނެގި ވޯޓުންނެވެ. މި އިންތިޚާބު އެކަމަނާ ކާމިޔާބުކުރެއްވީ ޔަޝްވަންތް ސިންހަ އާ ވާދަކުރައްވާ 64.03 އިންސަތައް ވޯޓުންނެވެ.

ދްރޫޕަދީ އަކީ އިންޑިއާގެ ރައީސް ކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއެވެ. އޭނާ މަޤާމުގެ ހުވާ ކުރައްވާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ޓީޗަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ދްރޫޕާދީ ސިޔާސީ މަސައްކަތް ފެށީ 1997 ވަނަ އަހަރުއެވެ. އޭނާ އަކީ ވެރިކަންކުރާ ބީޖޭޕީގެ ދުވަސްވީ މެންބަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް