ދުވަހުގެ މޫސުން: ވިލާގަނޑުގައި ގަޑިއަކު 45 ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ

ރާއްޖޭގެ މޫސުން މިއަދު ވެސް ގޯސްވާނެ ކަމަށް ލަފާކޮށް، މުސުމާއިބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. އެ އިދާރާއިން ދާދި ދެންމެ ނެރުނު ހުދު ސަމާލުގައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަަ...

22 Jul 2022 | 05:27

ރާއްޖޭގެ މޫސުން މިއަދު ވެސް ގޯސްވާނެ ކަމަށް ލަފާކޮށް، މުސުމާއިބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

އެ އިދާރާއިން ދާދި ދެންމެ ނެރުނު ހުދު ސަމާލުގައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަަމައަށް ހުދު ސަމާލު ނެރެފައެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަަށް ވަނީ ލަފާކޮށްފައެވެ.

ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށާއި އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ އެކިހިސާބަށް މިއަދު ވެސް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެކަމަށް ވެސް އެ އިދާރާ އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް