މިއަދު ކޯވިޑަށް ޕޮސިޓިވްވީ 122 މީހުން

ކޯވިޑް-19އަށް އިތުރު 122 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 81 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 24 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުންވެސް ކޯވިޑް ޖެހިފ...

22 Jul 2021 | 17:42

ކޯވިޑް-19އަށް އިތުރު 122 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 81 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 24 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުންވެސް ކޯވިޑް ޖެހިފައިވަނީ 17 މީހުންނަށެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 6،072 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،587 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 11 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 73،637 އަށް އަރާފައި އެވެ.

އަދި މަލީގައި މިހާތަނަށް މަރުވެފައިވަނީ 218 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 76،454 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް