ކަސްޓަމްސް އާއި އިންޑިއާގެ ސެންޓްރަލް ބޯޑް އިފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމަސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
މި އެއްބަސްވުމަކީ ފްރި އެރައިވަލް ޑޭޓާ ކާގޯ ބަދަލުކުރުމުގެ ގޮތުން އެކުލަވާލި އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން އެކްސްޕޯޓްގެ ވަގުތު ސަބްމިޓް ކުރެވޭ ކަސްޓަމްސް ޑޮކިއުމެންޓްތަކުގައިވާ މައުލޫމާތު މުދާ، ޕޯޓާއިހަމައަށް އައުމުގެ ކުރިން ބަދަލު ކުރެވޭނެ ފްރޭމްވޯކެއް ފޯރުކޮށްދެވޭނެ ކަމަށެެވެ. އަދި އޭގެ ސަބަބުން ކަސްޓަމްސް ޕްރޮސީޖަރތަކުގައި ހޭދަވާ ވަގުތު ކުޑަ ކުރެވި، މުދަލުގެ ކަސްޓަމްސް ކޮންޓްރޯލް މެތަޑްތަކާއި ފޯމުތައް އޮޕްޓިމައިޒް ކުރެވޭނެ ކަމަށެވެ.
ޑޭޓާ އެކްސްޗޭންޖް ކުރުމުގައި ދެފަރާތުގެ ކޯޕަރޭޝަން އިތުރުވުމުގެ ސަބަބުން ދެ ފަރާތުގެ ކަސްޓަމްސް އެޑްމިނިސްޓްރޭޝަން މަރުހަލާތަކުގެ އެފިޝެންސީ އިތުރުވެ، ވިޔަފާރި ކުރުމަށް އިތުރަށް މަގުފަހިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި މި އެމްއޯޔޫ ގެ ދަށުން ސަޕްލައި ޗެއިން އަދި ރެވެނިއު ކަލެކްޝަންގެ ސެކިއުރިޓީ ވަރުގަދަ ވުން ފަދަ އެތައް ފައިދާތަކެއް ވެސް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.
މި އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، އަބްދުﷲ ޝަރީފް އެވެ. އިންޑިއާގެ ސީބީއައިސީގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން، އަޖިތު ކުމާރެވެ.
https://twitter.com/CustomsMv/status/1418175537088909321
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް