އިންޑިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއާ އިންޑިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަން ތައްޔާރުވަމުން އެބަދެ އެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އެއާ އިންޑިއާއިން ދަތުރުކުރާތާ ވަރަށް ގިނަ އަހަރު ވެއްޖެ އެވެ.
މިދިޔަ އަހަރުގެ ކޯވިޑާއި ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށް ފަހު އެއާލައިނުން ބޯޑު ހުޅުވުމާއި އެކު އަލުން ދަތުރުތައް ފެށި ނަމަވެސް އަނެއްކާވެސް ދަތުރުތައް ހުއްޓާލީ ދެކުނު އޭޝިއާ ގައުމުތަކުން އަންނަ މީހުން ރާއްޖެ އެތެރެވުން ހުއްޓާލަން އެންގުމާއި ގުޅިގެންނެވެ.
އެއާ އިންޑިއާގެ ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ. އޭގެ ފަހުން ކޮންމެ ހަފްތާއަކު ބުދަ އަދި ހޮނިހިރު ދުވަހު ރާއްޖެއަށް ދަތުރު ކުރާނެ އެވެ.
އެއާ އިންޑިއާގެ ދަތުރުތައް ކުރަނީ މުމްބާއީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ކޯވިޑްގެ ލޮކްޑައުން އާއި އެކު ރާއްޖެއަށް ދަތުރު ކުރާ ހުރިހާ އެއާލައިނެއްގެ ދަތުރުތައް މެދުކަނޑާލުމަށް ފަހު މިހާރު ވަނީ އަލުން ދަތުރުތައް ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް