ބައި-އިލެކްޝަންގައި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ 5 ދާއިރާއެއްގައި އިންތިޚާބު ބޭއްވުމަށްޓަކައި، އޮންލައިންކޮށް ރީ-ރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އިންތިހާބެއްގައި އޮންލައިންކ...

22 Jul 2021 | 08:52

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ 5 ދާއިރާއެއްގައި އިންތިޚާބު ބޭއްވުމަށްޓަކައި، އޮންލައިންކޮށް ރީ-ރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިންތިހާބެއްގައި އޮންލައިންކޮށް ރީ ރަޖިސްޓްރީ ވުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ.

މިއީ އެ ކޮމިޝަނުން ކުރިއަށް އޮތް އިންތިޚާބު ތަކުގައިވެސް އޮންލައިންކޮށް، ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކުރާ ފުރަތަމަ ތަޖުރިބާކަމަށް އިލެކްޝަނުން ބުނެއެވެ.

އެ ކޮމިޝަންގެ ވިސްނުން ހުރީ ކުރިއަށް އޮތް ބޮޑެތި އިންތިޚާބުތަކުގައިވެސް ރީ-ރަޖިޓްރޭޝަންގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ކަމަށާއި ، މިއިންތިޚާބުގެ ތަޖުރިބާ ވެގެންދާނީ މިކަމަށް ލިބިގެންދާ އިތުރު ކުރިއެރުމަކަށް ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބު އޮންނަ 5 ފަސް ދާއިރާގައި އޮންލައިންކޮށް ރީރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު، ރީ-ރަޖިސްޓްރީވުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 26 ވަނަ ދުވަހެވެ. ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ- ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް