ކުޑަހެންވޭރުގައި ދޫކޮށްލާފައި ތިބި ކުކުޅުތަކެއް ހިފައި ކަތިލި މައްސަލައެއް ތަހުގީގު ކުރަނީ

މާލޭ ކުޑަހެންވޭރު ސަރަހައްދުގައި ތިބި ކުކުޅުތަކެއް ހިފައި ކަތިލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ހެނދުނު 8:05 ހާއިރު ކަމަށެވ...

22 Jul 2021 | 08:47

މާލޭ ކުޑަހެންވޭރު ސަރަހައްދުގައި ތިބި ކުކުޅުތަކެއް ހިފައި ކަތިލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ހެނދުނު 8:05 ހާއިރު ކަމަށެވެ. އެ ކުކުޅުތަކަކީ ބަޔަކު ގެންގުޅޭ ކުޅުކުޅުތަކެއް ކަމަށްވެ އެވެ.

ފުލުހުން ބުނީ މައްސަލަ ހުށަހަޅާފައިވަނީ އެ ކުކުޅުތައް އެ ސަރަހައްދށް ދޫކޮށްލާފައި ތިއްބަ ހިފައި ކަތިލާފައިވާ ކަމަށް ބުނެ ކަމަށެވެ. އެ ކުކުޅުތައް ހިފައި ކަތިލުމުގައި ފުލުހުންތަކެއް ބައިވެރިވި ކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގުކުރެ އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މިހާތަނަށް ބެލި ބެލުމުން އެ އަމަލު ހިންގުމުގައި ފުލުހުންގެ ބަޔަކު ބައިވެރިވެފައެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް