މިއަދު މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ

މިއަދު މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑެނީ ގްރޭޓާ މާލޭ ގްރިޑްގެ ޕްރޮޖެކްޓުގެ މަސައްކަތް ކުރާތީ އެވެ. މި...

22 Jul 2021 | 07:40

މިއަދު މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑެނީ ގްރޭޓާ މާލޭ ގްރިޑްގެ ޕްރޮޖެކްޓުގެ މަސައްކަތް ކުރާތީ އެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ އާއި މާލޭގެ ކަރަންޓު އެއް ވިިއުގައަކުން ވާނީ ގުޅާލެވިފަ އެވެ.

ސްޓެލްކޯއިން މިއަދު ބުނީ ގްރޭޓާމާލެ ގްރިޑްގެ ދެވަނަ ސާކިޓްގެ މަސައްކަތް މިއަދުވެސް ހަވީރު 5:00 އާއި ހަމަޔަށް ކުރަމުންދާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށްދާ ވަގުތުތަކުގައި މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ގްރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރިން ރޭވިފައި އޮތް ދުވަސް ތަކުގެ އިތުރުން މާދަމާ އަދި ހޮނިހިރުގައިވެސް ކުރާގޮތަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ. އެ ކުންފުނިން ބުނީއިތުރު ޓެކްނިކަލް މައްސަލައެއް ދިމާނުވާކަމަށްވާނަމަ، މިމަހުގެ 24 ވާ ހޮނިހިރު ދުވަހަކީ މި މަސައްކަތުގެ ފަހު ދުވަސް

ކަމަށެވެ.އަދި މި ދެދުވަހުވެސް ހުޅުމާލެއާއި، މާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތުއޮންނާނެކަމަށެވެ.

އިއްޔެވެސްވަނީ މުޅި މާލެއިން ގަޑިއެއްހާއިރަށް ކަރަންޓު ކަނޑާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް