އިންޑިއާގައި ކޯވިޑުން ރަނގަޅުވި 4،000 އަށްވުރެ ގިނަ މީހުން ބްލެކް ފަންގަސް ޖެހިގެން މަރުވެއްޖެ

ކޯވިޑް-19 ޖެހުމަށް ފަހު ރަނގަޅުވާ މީހުންނަށް ޖެހޭ ލޮލުގެ ފެނުން ގެއްލޭ ބަލި (ބްލެކް ފަންގަސް) ޖެހިގެން އިންޑިއާއިން4،000 އަށްވުރެ ގިނަ މީހހުން މަރުވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާގައި އެ ...

22 Jul 2021 | 06:40

ކޯވިޑް-19 ޖެހުމަށް ފަހު ރަނގަޅުވާ މީހުންނަށް ޖެހޭ ލޮލުގެ ފެނުން ގެއްލޭ ބަލި (ބްލެކް ފަންގަސް) ޖެހިގެން އިންޑިއާއިން4،000 އަށްވުރެ ގިނަ މީހހުން މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާގައި އެ ބަލި އެންމެ ބޮޑަށް ފެތުރެމުން ދަނީ މަހާރާޝްޓްރާ ސްޓޭޓާއި ގުޖުރާތު ސްޓޭޓް ގައި އެވެ. އެ ދެ ސްޓޭޓުން އެކަނި ބަލިޖެހިގެން1،785 މީހުން މަރުވެފައިވާއިރު ބަލީގައި ޖުމްލަ4،300 އެއްހާ މީހުން މިހާރު ވަނީ އިންޑިއާގެ އެކި ސަރަހައްދުތަކުން މަރުވެފައި އެވެ.

ބްލެކް ފަންގަސް ޖެހެނީ ކޯވިޑުން ރަނގަޅުވާތ18-12 ދުވަހާއި ދެމެދުގައި އެވެ. އިންޑިއާގައި ބަލި ޖެހިގެން މަރުވި ގިނަ މީހުން ބަލި ޖެހުނުތާ މަހެއްހާ ދުވަސް ފަހުން މަރުވެފައިވާ ކަމަށް ބުނެ އެވެ.

ކޯވިޑްގެ ދެވަނަ ރާޅާއި އެކު އިންޑިއާގައި މިއަހަރު އިތުރުވާން ފެށި ބްލެކް ފަންގަސް މިހާތަނަށް45،372 މީހުންނަށް ޖެހިފައިވެ އެވެ. އެ ބަލި ފެތުރެމުންދާ ވަރާއި ބަލި ޖެހޭ މީހުންގެ އަދަދުގެ ރެކޯޑު ވަރަށް ރަނގަޅަށް ބަލަހައްޓަމުން ދާ ކަމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.

މި ބައްޔަކީ ދުނިޔެއިން މަދުން ނޫނީ ނުފެންނަ ފަންގަލް އިންފެކްޝަނެއް ކަމަށްވާ މިއުކޯމައިކޯސިސް އެވެ. މި ބަލި ޖެހޭ މީހުންގެ ލޯ އަނދިރިވުމުގެ އިތުރުން ބަލީގެ އަސަރު ނޭފަތާއި ސިކުނޑިއަށް ކުރެ އެވެ.

އިންޑިއާގައި މި ބަލި ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން ބައެއް މިހުންގެ ލޮލުގެ ފެނުން ހުންނަނީ އެއްކޮށް ގޮސްފަ އެވެ. ނުވަތަ ބައެއް މީހުންގެ އެއް ލޯ ނަގަން ޖެހުން ފަދަ ކަންކަން ކުރަން މަޖުބޫރުވެ އެވެ.

މިއުކޯމައިކޯސިސް ނުވަތަ ލޮލުގެ ފެނުން ގެއްލޭ ބައްޔަކީ ދުނިޔެއަށް އާ ބައްޔެއް ނޫނެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ކޯވިޑް-19 ޖެހޭ މީހުންގެ މެދުގައި މި ބަލި އިތުރުވެފައިވަނީ އޭގެ ތެރެއިން ބައެއް މީހުންނަކީ ދިގު މުއްދަތަކަށް ގިނަ އަދަދަކަށް ބޭސް ބޭނުން ކުރާ މީހުންނާއި ބޭސް ކޮށްފައިވާ މީހުންނަށް ވާތީ އެވެ. އަދި ހަކުރު ކޮންޓްރޯލް ނުކުރެވި ހަކުރު ލެވެލް މަތީގައި ހުރި މީހުންނަށް ވާތީ ނުވަތަ އެނޫން ވެސް ދިފާއީ ނިޒާމު ބަލި ކުރިންސުރެ ބަލިކަށިވެފައިވާ މީހުންނަށް ވާތީ ފަސޭހައިން މި ބައްޔަށް އެމީހުންގެ ހަށިގަނޑުގައި އިންފެކްޝަން ޖެއްސޭ ގޮތް މެދުވެރިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް