އަބަދުވެސް ތިނޯހަކާއި ބަރަންޏެއް ދަބަހުގައި ގެންގުޅޭ ކަމަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަޑުކޯން ބުނެފިއެވެ.
ކަޕިލް ޝަރުމާ ޝޯގެ އެޕިސޯޑެއްގައި ކުރި ސުވާލަކަށް ޖަވާބުދެމުން ދީޕިކާ ބުނެފައިވަނީ އަބަދުވެސް ތިނޯހަކާ ބަރަންޏެއް ދަބަހުގައި އޮންނާނެ ކަމަށާއި ކޮންމެ ހަފްލާއަކަށް ދިޔަޔަސް އެ ގެންދާ ކަމަށެވެ.
ދީޕިކާ ބުނީ އެއީ އޭނާގެ ބޭނުމަށް ގެންގުޅޭ އެއްޗެއް ނޫން ކަމަށާއި، އެއީ އޭނާގެ ފިރިމީހާ ރަންވީރް ސިންގް ގެ ބޭނުމަށް ގެންގުޅޭ އެއްޗެއް ކަމަށެވެ.
ރަންވީރު ސިންގްއަކީ ވަރަށް ތަފާތުކޮށް ހެދުން އަޅާ ތަރިއެކެވެ. ދީޕިކާ ބުނީ އޭނާގެ ފިރިމީހާ އަކީ ވަރަށް އެކްޓިވް މީހެއް ކަމަށާއި ކޮންމެ ފަދަ ތަނަކުންވެސް ހެދުން އިރައިގެން ގޮސްދާނެތީ އެކަމަށް ވިސްނާ ތިނޯހާއި ބަރަނި ގެންގުޅޭ ކަމަށެވެ.
ދީޕިކާ ބުނީ މީގެ ކުރިން އެފަދަ ހާލަތެއް ދިމާވި ކަމަށާއި އެކަމުން ލިބުނު ފިލާވަޅުން ތިނޯހަކާއި ބަރަންޏެއް ގެންގުޅެނީ ކަމަށެވެ.
ރަންވީރާއި ދީޕިކާއަކީ ބޮލީވުޑްގައި ފާހަގަކޮށްލެވޭ ލޯބި ކަޕުލްއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް