މެންދަމު ތިނެއް ޖެހި އިރު މީކާ ސިންގްގެ ކާރު މަގުމެދަށް ހުއްޓިއްޖެ!

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގް އާއި އަކާންޝާ ޕޫރީ، ކައިވެނި ޕާޓީއަކަށް ގޮސް އަނބުރާ ގެއަށް ދިޔަ މަގުމަތީ މީކާގެ ކާރު ވަނީ މަގުމެދަށް ހުއްޓިފައެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔަ އެގަޑީގައ...

22 Jul 2021 | 06:08

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގް އާއި އަކާންޝާ ޕޫރީ، ކައިވެނި ޕާޓީއަކަށް ގޮސް އަނބުރާ ގެއަށް ދިޔަ މަގުމަތީ މީކާގެ ކާރު ވަނީ މަގުމެދަށް ހުއްޓިފައެވެ.

ބޯކޮށް ވާރޭ ވެހެމުން ދިޔަ އެގަޑީގައި އެތަނަށް އެހީވުމުގެ ގޮތުން ގިނަ ބަޔަކު ވަނީ ކުޑަތައް ނަގައިގެން އެއްވެފައެވެ.

މި ހާދިސާއިން ވެސް އެނގެނީ މުމްބާއީ ސިޓީ ނުނިދާ ކަމެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގް އާއި މޮޑެލް- ބަތަލާ އަކާންޝާ ޕޫރީއަށް ވަނީ މެންދަމުގެ 3 ޖެހި އިރު ކާރު ރަނގަޅުކުރުމަށް އެހީ ލިބިފައެވެ.

https://www.instagram.com/p/CReNyYEDPvP/?utm_source=ig_embed&ig_rid=f9d77f9a-bb6b-49dc-b348-4086180debb7

މީކާގެ ކާރު މަރާމާތުކޮށް އެހީވުމަށް އެތަނަށް އެއްވި އެންމެން ކުރަމުން ދިޔަ މަސައްކަތާއި، މީކާ އާއި އަކާންޝާ ކާރުތެރޭގައި ކަންބޮޑުވެފައި ތިބިމަންޒަރު ވީޑިއޯކޮށްފައިވާ އިރު، އެ ވީޑިއޯގައި މީކާ ބުނީ ވަރަށް ގިނަ ބަޔަކު އެހީވާން ތިބި ކަމަށާއި ގާތްގަނޑަކަށް 200 މީހުން އެތަނުގައި ތިބިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް