ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ބޭރުން އަޔަސް ކަރަންޓީން ވާން ނުޖެހޭ: އެޗްޕީއޭ

ވެކްސިން ޖަހާފައިވާނަމަ ރާއްޖެ އިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް އޮންނަ ބިދޭސީން ކަރަންޓީން ވާން ނުޖެހޭ ގޮތައް އެޗްޕީއޭ އިން އުސޫލު ބަދަލުކޮށްފިއެވެ. އެޗްޕީއޭ އިން ބުނީ ކޯވިޑަށް ޕޮޒިޓިވްވެ، ...

22 Jul 2021 | 05:56

ވެކްސިން ޖަހާފައިވާނަމަ ރާއްޖެ އިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް އޮންނަ ބިދޭސީން ކަރަންޓީން ވާން ނުޖެހޭ ގޮތައް އެޗްޕީއޭ އިން އުސޫލު ބަދަލުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ ކޯވިޑަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވެފައިވާ މީހުންގެ ތެރެއިން ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ މީހުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީ ޔޫޒާސް ލިސްޓުގައި ހިމެނޭ ކޯވިޑް ވެކްސިނެއް ފުރިހަމަކޮށް، 14 ދުވަސްވެފައިވާ ނަމަ ރާއްޖެ އެތެރެވުމަށް ފަހު ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.

ނަމަވެސް ރާއްޖެއަށް އެތެރެވާއިރު ކޮންމެ މީހެއްގެ އަތުގައިވެސް 72 (ހަތްދިހަ ދޭއް) ގަޑިއިރު ނުވާ ކޯވިޑް-19 އަށް ނައްސި ޕީސީއާރް ޓެސްޓެއްގެ ނަތީޖާ ގެންނަން ޖެހޭނެއެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި، އެ މީހުން ފިޔަވައި އިތުރު މީހުން ރާއްޖެ އެތެރެވުމަށް ފަހު 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަންޖެހޭނެ އެވެ. އަދި ކަރަންޓީނުން ދޫކޮށްލާނީ ޕީސީއާރު ޓެސްޓް ހަދައި ނެގެޓިވްވުމުން ކަމަށެވެ.

ދަތުރުކުރުމުގެ ކުރިން އެޗްޕީއޭގެ ހާލު ބެލުން ޕޯޓަލްގައި ދަތުރުކުރުމުގެ ހުއްދައަށް ވެސް އެދެން ޖެހެ އެވެ. އެޗްޕީއޭ އިން ބުނީ ވެކްސިން ފުރިހަމަކުރި މީހުންނަށް ދީފައިވާ ލުއިތައް އެ ގައުމެއްގައި ބަލީގެ ހާލަތު އޮތް ގޮތަށް ބަލައި ބަދަލުކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް