ރިސޯޓް ލައިފުން ރަޝިއާ ރީޖަނުން ފްލައިޓްތަކެއް ރާއްޖެއަށް ފަށަނީ

ރަޝިއާ ހިމެނޭ ރީޖަނުން ފްލައިޓް ތަކެއް ރާއްޖެއަށް ފަށަން ދިވެހި ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފް އިން ސޮއި ކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއި ކުރުމަށް ރަޝިއާގެ ވެރިރަށް މޮސްކޯގައި ބޭއްވި މި ރަސް...

22 Jul 2021 | 05:53

ރަޝިއާ ހިމެނޭ ރީޖަނުން ފްލައިޓް ތަކެއް ރާއްޖެއަށް ފަށަން ދިވެހި ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފް އިން ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ރަޝިއާގެ ވެރިރަށް މޮސްކޯގައި ބޭއްވި މި ރަސްމިއްޔާތުގައި  ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވެސް ބައިވެރިވެވަޑަގަތެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރިސޯޓް ލައިފްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާޒް ވަލީދެވެ.

މި އެއްބަސްވުމާއެކު ރާއްޖެއަށް ރަޝިއާއިން އަންނަ ފްލައިޓްތައް ބޮޑުތަން އިތުރު ވެގެން ގޮސް ޓޫރިޒަމަށް ދިރުން ލިބިގެންދާނެ ކަމަށެވެ.

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުންގެ ގެންނަ ރިސޯޓް ލައިފުން ވަނީ ރަޝިއާގައި ވިޔަފާރި ފަށައި "ރިސޯޓް ހޮލިޑޭ" ގެ ނަމުގައި ކުންފުންޏެއް ވެސް ރަޖިސްޓްރީ ކޮށްފަ އެވެ. އަދި އެ ގައުމުގައި އޮފީހެއް ހުޅުވައި ރަޝިއަން ރީޖަން ހިމެނޭ ގޮތަށް ޔޫރަޕުގައި ރާއްޖެ ވިއްކުމުގެ މަސައްކަތް ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް