މިދިޔަ ޖޫން މަހުގެ ނިޔަލަށް 21 މައްސަލައެއް ބަލަމުން އަންނަ ކަމަށް ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެކި ފަރާތްތަކުން އެ އޮފީހަށް ހުށަހެޅި އެ މައްސަލަތަކުގެ އިތުރުން އެ އޮފީހުން އިސް ނަގައިގެން މިހާތަނަށް ހަތް މައްސަލައެއް ބަލަ އެވެ.
ދައުލަތުގެ ފަރާތުން ބަލަހައްޓަމުންދާ ކުއްޖެއްގެ ހައްގަކަށް އުނިކަން އައި ނުވަ މައްސަލައެއް ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަމުން ދާއިރު، އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކުން އެންމެ އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ހަތަރު މައްސަލައެއް ވެސް އެ އޮފީހުން އަންނަނީ ބަލަމުންނެވެ.
މީގެ އިތުރުން ކުދިންގެ ބެލެނިވެރިކަން ވަކި ފަރާތަކާ ހަވާލު ކުރުމާއި ކުދިންނާ ބައްދަލުވުމުގެ ފުރުސަތު މަންމަ ނުވަތަ ބައްޕައަށް ނުލިބޭ ފަސް މައްސަލައެއް ހުށަހަޅާފައިވާއިރު، ކުށަށް އަރައިގަތުމުގެ އިހުތިމާލް އޮތް ކުއްޖަކު ކުށަށް އަރައިގަތުމުން ރައްކާތެރި ކުރުމަށްޓަކައި ދައުލަތުގެ އިދާރާއަކުން އިހުމާލުވެފައިވި މައްސަލައެއް ވެސް ބަލަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް