ކުރީގެ ޕީޖީ މުހުތާޒު އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ހަސަން ލުގުމާން ވިދާޅުވީ މުހުތާޒު އެޑްމިޓް ކުރީ ޑޮކްޓަރަށް ދެ...

22 Jul 2017 | 08:18

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ހަސަން ލުގުމާން ވިދާޅުވީ މުހުތާޒު އެޑްމިޓް ކުރީ ޑޮކްޓަރަށް ދެއްކުމުން އިތުރު ފަރުވާ ދޭން ޖެހޭ ކަމަށް ބުނުމުން ކަމަށެވެ. އަދި ގަތްގަނޑަކަށް ފަސް ވަރަކަށް ދުވަހު ހޮސްޕިޓަލުގައި ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހުތާޒު ފަރުވާ ހޯދަމުން ދަނީ މައިބަދައިގެ މައްސަލައަކަށެވެ. މީގެ ކުރިންވެސް މައިބަދައަށް ފަރުވާ ހޯދުމަށް އޭޑީކޭ ހޮސްޕިޓަލްގައި މުހުތާޒު އެޑްމިޓް ކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ހެދި ކަމުގެ ކުށް ސާބިތުވެ މުހުތާޒު ޖަލަށް ލާފައިވަނީ 17 އަހަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް