އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ތިޖޫރީ ހިފައިގެން ބަޔަކު ފިލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ތިޖޫރީ ބަޔަކު ވަގަށް ނަގައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެފަދަ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ...

22 Jul 2017 | 08:04

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ތިޖޫރީ ބަޔަކު ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެފަދަ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ވަގަށް ނެގި މީހުން ވަނީ ތިޖޫރީ ހިފައިގެން ފިލާފަ އެވެ. އެކަމަކު ވަގަށް ނެގީ ކޮންއިރަކު ކަމެއްވެސް ނޭނގެ އެވެ.

މިހާތަނަށް މި މައްސަލައިގަ އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިޖޫރީގައި ދެ ލައްކައެއްހާ ރުފިޔާ ހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް