ބަރުދަން ލުއި ކުރަން ދުވާލު ދެ އިރު ކައިފަ، ރޭގަނޑު ހުންނަންވީ ރޯދައަށް!

ބަރުދަން ލުއި ކުރަން ނުވަތަ ހިކެން ބޭނުން ނަމަ ވީހާވެސް މަދުން ކައި، ވަކި ބާވަތްތަކެއް ނޫނީ ނުކެއުމަަށް ބައެއް ސިއްހީ ތަޖުރިބާކާރުން ލަފާ ދެ އެވެ. އެކަމަކު‏ މިފަހަރު ތަފާތެވެ. އެމެރިކާގެ ލޯމަ ލިންޑާ ޔ...

22 Jul 2017 | 06:50

ބަރުދަން ލުއި ކުރަން ނުވަތަ ހިކެން ބޭނުން ނަމަ ވީހާވެސް މަދުން ކައި، ވަކި ބާވަތްތަކެއް ނޫނީ ނުކެއުމަަށް ބައެއް ސިއްހީ ތަޖުރިބާކާރުން ލަފާ ދެ އެވެ. އެކަމަކު‏ މިފަހަރު ތަފާތެވެ.

އެމެރިކާގެ ލޯމަ ލިންޑާ ޔުނިވާސިޓީން ކުރި ދިރާސާއަކަށް ފަހު ބުނެފައިވަނީ ބަރުދަން ލުއި ކުރުމަށް އެންމެ މޮޅު ގޮތަކީ ކާ ގަޑިތަކަށް ބަދަލެއް ގެނައުމެވެ. އެގޮތުން އެންމެ ރަނގަޅު ގޮތަކީ ދުވާލު ދެއްފަހަރު ކެއުމެވެ. ދެން ރޭގަނޑު ހުންނަންވީ އެއްވެސް އެއްޗެއް ނުކައެވެ. ތަފާތު ގޮތަކަށް ބުނާނަމަ ރޯދަ އަށެވެ.

އޭގެ ތެރެއިން ކޮންމެ ދުވަހަކު ހެނދުނުގެ ސައި ދުވާލު ކޮންމެހެންވެސް ބޯންވާނެ އެވެ. ހެނދުނު ސައިގަ ގިނައިން ކެއުމަކި ބަރުދަން ލުއިވާ ކަމެެއް ކަމަށް މީގެ ކުރީގެ ދިރާސާއަކުންވެސް ދައްކާފައިވެ އެވެ. ރޭގަނޑު ހިމެނޭ ގޮތަށް ގިނަވެގެން 18 ގަޑި އިރު ނުކައި ހުރެވޭތޯ ބަލަންވާނެ އެވެ. މިގޮތަށް ކެއުން ބަދަލު ކޮށްލާ ފުރަތަމަ ދުވަސް ކޮޅު ވަރުބަލިވެ ހަށިގަނޑުގައި ހަކަތަ ނުހުންނަ ގޮތް ވިޔަސް ފަހުން ރަނގަޅުވާނެ އެވެ.

ލޯމަ ލިންޑާ ޔުނިވާސިޓީން މި ދިރާސާ ކޮށްފައިވަނީ އުމުރުން 30 އަހަރުން މަތީގެ 50،665 މީހުން ބައިވެރިކޮށްގެންނެވެ.

މި ދިރާސާގައި އިތުރަށް ބުނެފައިވަނީ އެންމެ ފަސޭހައިން ފަލަވުމުގެ ފުރުސަތު ބޮޑީ ރޭގަނޑު މާގަދަޔަށް ކާތީ އެވެ. އަދި ދުވާލަކު ތިން ފަހަރަށްވުރެ ގިނައިން ކާނަމަވެސް ފަލަވުމުގެ ފުރުސަތު ބޮޑެވެ. ހުސްގަޑީތަކުގައި ލުއި ކާނާ ކެއުންވެސް އެ ދިރާސާ ކުރި ޓީމުން ބަލަނީ އިތުރު ކެއުމެއްގެ ގޮތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް