ޝާރުކް ހާންގެ ހިޓު ފިލްމު "އޯމް ޝާންތީ އޯމް" ގެ ސީކުއެލްއެއް ހަދަން ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ފިލްމުގެ ޑައިރެކްޓަރު ފަރާ ހާންއަށް ޝާރުކް ވަނީ "އޯމް ޝާންތީ އޯމް" ގެ ސީކުއެލްއެއް ހަދަން ހުށަހަޅާފައި އެވެ. ޝާރުކް ބުނީ ދަރިންނާއި އެކު ގޭތެރޭ ދެކެވުނު ވާހަކައެއްގައި އެ ކުދިންނަށް އެ ފިލްމު ކަމުދާވަރު ބުނެދި ކަމަށެވެ.
އަދި އެ ފިލްމުގެ ދެ ވަނަބައެއް ފެންނާނެތޯ އެހި ކަމަށެވެ. ޝާރުކް "އޯމް ޝާންތީ އޯމް" ގެ ސީކުއެލްއެއް ހަދަން ބޭނުންވަނީ އެހެންވެ އެވެ. ފަރާވެސް ވަނީ އެކަމަށް ތާއީދު ކޮށް ވާހަކަދައްކާފައި އެވެ.
ދިޕިކާ ޕަދުކޯން އާއި ޝާރުކް ހާން ލީޑްރޯލް ކުޅެފައިވާ އެ ފިލްމު ރިލީޒް ކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ.
"އޯމް ޝާންތީ އޯމް" އަސްލަކަށް ބަލައިގެން ޖަޕާނުގައި އުފެއްދި ފިލްމު އިއްޔެ ވަނީ ރިލީޒް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް