ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު 23 ގައި ބޭއްވުމަށް އެ ބޭންކުން ނިންމައިފި އެވެ.
ބީއެމްއިލްއިން ބުނީ އޯގަސްޓް 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާއާއި ގުޅޭ މައުލޫމާތުތައް ކުރިޔަށް އޮތްތަނުގައި އާންމު ކުރަމުން ގެންދާނެ ކަމަށެވެ. ޖަލްސާއަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަން ހާމަ ކުރި ނަމަވެސް ބާއްވާ ތަނެއް އަދި ހާމައެއް ނުކުރެ އެވެ.
މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 20 ރުފިޔާ ބަހަން އެ ކުންފުނިން ވަނީ ނިންމާފައެވެ. އެއީ ހިއްސާގެ ފައިދާގެ ގޮތުގައި ލިބުނު 107،638،400 ރުފިޔާ އެވެ.
ބީއެމްއެލްގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 1.02 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 61 ޕަސެންޓުގެ ކުރި އެރުމެކެވެ. އަދި މިދިޔަ އަހަރަކީ އެ ބޭންކުގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް