ސަނީ ލިއޯން ކުއްޖަކު އެޑޮޕްޓު ކުރުމުން މީހުން މަލާމާތް ކުރަނީ!

ބޮލީވުޑްގެ ތަރި ސަނީ ލިއޯން އާއި ފިރިމީހާ  ޑެނިއަލް ވެބާ ކުޑަ އަންހެން ކުއްޖަކު އެޑޮޕްޓު ކުރިކަން ހާމަ ކުރީ އިއްޔެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ސަނީ ލިއޯން އެ ކުއްޖާ އެޑޮޕްޓު ކުރިތާ ހަފްތާއެއް ވެއްޖެ...

22 Jul 2017 | 04:15

ބޮލީވުޑްގެ ތަރި ސަނީ ލިއޯން އާއި ފިރިމީހާ  ޑެނިއަލް ވެބާ ކުޑަ އަންހެން ކުއްޖަކު އެޑޮޕްޓު ކުރިކަން ހާމަ ކުރީ އިއްޔެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ސަނީ ލިއޯން އެ ކުއްޖާ އެޑޮޕްޓު ކުރިތާ ހަފްތާއެއް ވެއްޖެ އެވެ.

އެކުއްޖާއަށް ދީފައިވާ ނަމަކީ ނިޝާ ކޯރް ވެބާ އެވެ. ނިޝާއަށް މިހާރު 21 މަހެވެ.

އޭނާ ބުނީ ނިޝާ ހިނިތުންވެލުމާ އެކު އޭނާގެ ހިތް އުފަލުން ފުރޭ ކަމަށާއި، ބޭނުންވަނީ ދަރިފުޅު ބޮޑުވެގެން ކާމިޔާބު އަންހެނަކަށް ވާތަން ދެކެން ކަމަށެވެ. ސަނީ ލިއޯން ކުއްލިއަކަށް ކުއްޖަކު އެޑޮޕްޓުކޮށްފައި މިވަނީ އޭނާ ބަނޑުބޮޑުކަމަށް ބުނެ އަޑު ފެތުރުމުން އެކަން ދޮގު ކުރިތާ މާ ގިނަދުވަހެއް ނުވަނީހެވެ.

ދަރިއަކު އެޑޮޕްޓުކޮށްގެން ސަނީ އުފަލުން ފޮޅުނު ނަމަވެސް ފާޑު ކިޔާ މީހުން ދަނީ އެކަމަށް ހަޖޫ ޖަހަމުންނެވެ. އެގޮތުން އަބަދު ކުޑަކުދިން ދެކެ ލޯބިވާ ވާހަކަ އާއި ބަނޑުބޮޑުވުމުގެ އިހުސާސް ވާން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދެއްކި ސަނީ ލިއޯން ކުއްޖަކު އެޑޮޕްޓު ކުރުމަކީ ބޮޑު ޖޯކެއްގެ ގޮތުގައި ދަނީ ސިފަ ކުރަމުންނެވެ.

ފާޑުކިޔަ މީހުން ބުނަނީ ކުއްޖަކު އެޑޮޕްޓު ކުރުމަށް ފަހު ސަރޮކޭޓު ކޮށްގެން ކުއްޖަކު ހޯދި ނަމަ މާރަނގަޅުވީސް ކަމަށެވެ. އަދި އެޑޮޕްޓޫ ކުރުމަކީ ދަރިން ނުލިބޭ ދެމަފިރިއަކުވެސް ހިޔާރު ކުރާ އެންމެ ފަހު ގޮތް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ސަނީ ލިއޯން ކުއްޖަކު ގެންގުޅެން ފެށުމުން އެންމެ ގިނަ މީހުން ބުނެފައިވަނީ ސަނީލް ލިއޯން އަކީ އަހުލާގީ ގޮތުން ދަން ފެންވަރުގެ ފިލްމުތައް ކުޅޭ ތަރިއަކަށް ވާއިރު އެހެން މީހެއްގެ ދަރިއަކު ބަލާ ބޮޑު ކުރާއިރު އެ ކުއްޖާއަށްވެސް ދަސްވާނީ އެކަން ކަން ކަމަށެވެ.

މިފަހަކަށް އައިސް ބޮލީވުޑް ތަރިންގެ ތެރޭގައި ސަރޮގޭޓު ކުރުމަކީ ވަރަށް މަޝްހޫރު ކަމެކެވެ. އެގޮތުން ޝާރުކް ހާން، އާމިރު ހާން، ތުޝާރު ކަޕޫރު އަދި ކަރަން ޖޯހަރު ވަނީ ސަރޮގޭޓު ކޮށްގެން ކުދިން ހޯދާފައި އެވެ.

މި ތަރިންނަށް ފާޑު ކީ މީހުން ބުނެފައިވަނީ ކުއްޖަކު އެޑޮޕްޓު ކުރި ނަމަ މާ ރަނގަޅުވީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް