ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައެޅުއްވި އާ ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު އެ ބޭފުޅާގެ ސަފީރު ކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ އިއްޔެ ހެނދުނު ވައިޓް ހައުސްގައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. މި ރަސްމިއްޔާތުގައި ނަސީރުގެ އަނބިކަނބަލުން އަދި އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ބައިވެރިވެވަޑައިގެންނެވި އެވެ.
ނަސީރަކީ އެމެރިކާގެ އިތުރުން ކެނެޑާއަށް އަލަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރެވެ. އަދި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) އަށް، ދިވެހިރާއްޖެއިން ކަޑައަޅުއްވާފާއިވާ ހުންނަވާ ދާއިމީ މަންދޫބުވެސްމެއެވެ.
ރައީސް އަބްދުﷲ ޔާމީން މި މަގާމުތަކަށް އަލީ ނަސީރު އައްޔަން ކުރައްވާ މަގާމުގެ ފަތްކޮޅު ހަވާލު ކުރެއްވީ މިމަހު ނުވަ ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް