ވައިޓް ހައުސްގެ ޕްރެސެކްރެޓަރީ ސޯން ސްޕައިސާރ އެނާގެ މަޤާމުން އިސްތިއުފާދީފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އޭނާ އިސްތިއުފާދިނީ ރައީސް ޓްރަމްޕް ވައިޓް ހައުސްއަށް އަލަށް ހަމަޖެއްސި ކޮމިނިއުކޭޝަން ޑިރެކްޓަރާއި މެދު ހިތްހަމަނުޖެހިގެންނެވެ. އެ މަޤާމަށް މިހާރު ހަމަޖައްސާފައިވަނީ އެންތޮނީ ސަކްރާމުޗީ އެވެ.
ސްޕައިސާރ އިސްތިއުފާދީފައި އެވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާއިން ނުފޫޒު ފޯރުވިކަމަށް ބުނެ ތަހުޤީޤުތައް ފަށާފައިވަނިކޮށެވެ.
އޭގެ އިތުރުން ޓްރަމްޕްގެ ކެމްޕެއިން ޓީމާއި މޮސްކޯއާއި ދެމެދު ނުފޫޒު ފޯރުވުމަށް އެއްބަސްވުންތަކެއްވިކަމަށް ބުނެވެސް ތަހުޤީގުތަކެއް ދަނީ ކުރެވެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް