ޖަސްޓިން ބީބާރ ޗައިނާގައި ޝޯ ދިނުން މަނާކޮށްފި

ކެނަޑާއަށް އުފަން މަޝްޙޫރު ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާރ ޗައިނާގައި ޝޯ ދިނުން އެ ޤައުމު ބެއިޖިން މުނިސިޕަލް ބިއުރޯ އޮފް ކަލްޗާރއިން މަނާކޮށްފި އެވެ. އެ ބިއުރޯއިން ނެރުނު ޚާއްޞަ ބަޔާނެއްގައި ބުނ...

22 Jul 2017 | 01:38

ކެނަޑާއަށް އުފަން މަޝްޙޫރު ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާރ ޗައިނާގައި ޝޯ ދިނުން އެ ޤައުމު ބެއިޖިން މުނިސިޕަލް ބިއުރޯ އޮފް ކަލްޗާރއިން މަނާކޮށްފި އެވެ.

އެ ބިއުރޯއިން ނެރުނު ޚާއްޞަ ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުގައި އަހުލާޤީ ފެންވަރު ދަށް އެއްވެސް ފަރާތަކަށް ޝޯ ދިނުމުގެ ހުއްދަ ނުދޭނެކަމަށެވެ.

ޖަސްޓިންއަކީ މޮޅު ލަވަކިޔުންތެރިއެއް ކަމަށާއި ނަމަވެސް މި ފަހުން އެނާގެ ފަރާތުން ވަރަށް ނޭދެވޭ އަމަލުތައް ފެންނަމުންދާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.  އަދި އެނާގެ އެ އަހުލާޤީ މިންގަނޑު އިސްލާހުކޮށްފިނަމަ ޝޯ ދިނުމުގެ ހުއްދަ ދޫކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން 2013 ވަނަ އަހަރު ޖަސްޓިންވަނީ އޭނާގެ ވޯލްޑް ޓުއާރގެ ދަށުން ޗައިނާގައި ޝޯ ދީފަ އެވެ.

ޖަސްޓިންގެ އަހުލާޤީ ފެންވަރާއި މެދު ޗައިނާއިން ސުވާލު އުފައްދާފައިވާއިރު ދާދިފަހުން އެނާގެ ނަންވަނީ އަހުލާޤީ ފެންވަރުދަށް މިއުޒީޝަނުންގެ ބުލެކްލިސްޓަކަށްވެސް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް