ޕާކިސްތާނުގައި އިންޑިއާގެ ޓީވީ ޝޯތައް ދެއްކުމުގެ ހުއްދަ ކޯޓަކުން ދީފި

ޕާކިސްތާނުގެ ދައުލަތުގެ މީޑިއާ ހިންގާ ފަރާތުން އިންޑިއާގެ ޓީވީ ޝޯތައް ޕާކިސްތާނުގައި ދެއްކުން މަނާކޮށްފައިވަނިކޮށް އެ ޤައުމުގެ ލާހޯރު ހައި ކޯޓުން އިންޑިއާގެ ޓީވީ ޝޯތައް ދެއްކުމުގެ ހުއްދަދީފި އެވެ. ޕާކ...

22 Jul 2017 | 01:29

ޕާކިސްތާނުގެ ދައުލަތުގެ މީޑިއާ ހިންގާ ފަރާތުން އިންޑިއާގެ ޓީވީ ޝޯތައް ޕާކިސްތާނުގައި ދެއްކުން މަނާކޮށްފައިވަނިކޮށް އެ ޤައުމުގެ ލާހޯރު ހައި ކޯޓުން އިންޑިއާގެ ޓީވީ ޝޯތައް ދެއްކުމުގެ ހުއްދަދީފި އެވެ.

ޕާކިސްތާނުގެ ދައުލަތުގެ މީޑިއާ ހިންގާ ފަރާތުން އިންޑިއާގެ ޓީވީ ޝޯތައް ޕާކިސްތާނުގައި ދެއްކުން މަނާކުރީ އެ ދެ ޤައުމުގެ މެދުގައި އުފެދުނު ސިޔާސީ ކަންބޮޑުވުމެއްގެ ތެރޭގައި މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ.

އެފަހަރު އެ ޝޯތައް ދެއްކުން މަނާކުރީ އެ ކަންބޮޑުވުންތައް މަޑުޖެހެންދެންނެވެ. ނަމަވެސް ކަންބޮޑުވުން ހަމައަކަށް އެޅުނުފަހުންވެސް ހުއްދަ ދީފައެއް ނުވެ އެވެ.

ލާހޯރު ހައި ކޯޓުގެ އިސްޤާޒީ މަންސޫރު އަލީ ޝާހު ބުނީ އިންޑިއާގެ ޓީވީ ޝޯތައް ދެއްކުން މަނާކޮށްފައި އޮތް ނިންމުމަކީ ހަމަޖެހޭ ނިންމުމެއް ނޫންކަމަށާއި އެގޮތައް އަމަލުކުރުން ޤާނޫނުން ހުއްދަ ނުދޭކަމަށެވެ.

ދާދިފަހުން ހަމަ ސިޔާސީ ކަންބޮޑުވުމެއްގެ މައްސަލާގައި އިންޑިއާއިވެސް ވަނީ ޕާކިސްތާނުގެ އެކްޓަރުން ލައިގެން ފިލްމުތައް ކުޅުން އެ ޤައުމުގައި މަނާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް