މާލޭގައި ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ އާރްއޯ ޕްލާންޓެއް ބަހައްޓައިފި

ދުވާލަކު 1000 ޓަނުގެ ފެން އުފައްދާ އާރުއޯ ޕްލާންޓެއް މާލޭގައި ބަހައްޓައިފިއެވެ. އެމްޑަބްލިޔުއެސްސީން މިކަންހާމަކޮށްފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެމްޑަބްލިޔުއެސްސީން ބުނީ މި ފެންޕްލާންޓް ބ...

22 Jun 2025 | 18:02

ދުވާލަކު 1000 ޓަނުގެ ފެން އުފައްދާ އާރުއޯ ޕްލާންޓެއް މާލޭގައި ބަހައްޓައިފިއެވެ.

އެމްޑަބްލިޔުއެސްސީން މިކަންހާމަކޮށްފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި ފެންޕްލާންޓް ބަހައްޓާފައިވަނީ މާލޭގައި ހުންނަ އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ކަމަށެވެ.

އިތުރުކުރި އާރްއޯ ޕްލާންޓާއެކު މާލޭގައި ދުވާލަކު 28،000 ޓަނުގެ ފެން އުފެއްދޭނެ ކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުން އިތުރުކުރި އާރްއޯ ޕްލާންޓާއެކު ރައްޔިތުންނަށް ރައްކާތެރި ފެން ފޯރުކޮށްދިނުން އިތުރަށް ކަށަވަރުގެންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް