ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ސޯލިހް ނިންމެވިކަން ރަސްމީކޮށް އިޢުލާނުކުރައްވައިފި

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަން ނިންމަވާފައިވާކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވައިފިއެވެ. ރައީސް ސޯލިހް މިކަން ހާމަކުރެއްވީ އެމަނިކުފާނަށް ތާއީދުކުރަ...

22 Jun 2025 | 17:04

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަން ނިންމަވާފައިވާކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވައިފިއެވެ.

ރައީސް ސޯލިހް މިކަން ހާމަކުރެއްވީ އެމަނިކުފާނަށް ތާއީދުކުރައްވާ ޓީމާއެކުގައި މިރޭ ބޭއްވި ކެއުމެއްގައެވެ. އެކަން އިޢުލާނުކޮށްދެއްވީ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

އެ ކެއުމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ އިތުރުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ހިމެނެއެވެ.

އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަން ރައީސް ސޯލިހް ނިންމެވިކަން ރަސްމީކޮށް މިރޭ އިޢުލާނުކުރައްވާފައިވާއިރު އެ ޓިކެޓަށް ވާދަކުރެއްވުމުގެ ވިސްނުން އެމްޑީޕީގެ ތެރެއިން އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލްވެސް ގެންގުޅުއްވާކަން ހާމަކުރައްވާފައިވެއެވެ. އަދި އަލުން އެ ޕާޓީއާއި ގުޅިވަޑައިގެންފައިވާ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް އެ ވިސްނުންފުޅު ގެންގުޅުއްވާކަން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް