ފޭނުންގެ ހިތުގައި އުފެދޭ ބޮޑު ސުވާލަކަށް ސަލްމާން ޚާން ޖަވާބު ދީފިއެވެ.
އޭނާ އެ ސުވާލަށް ޖަވާބުދިނީ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ ސީޒަން 3" ގައެވެ.
މަޖާ ވާހަކައެއްގެ ތެރެއިން، ސަލްމާނަކީ ލޯބީގެ ދާއިރާއިން ވަރަށް ނަސީބުގަދަ މީހެއްކަމުގައި ކަޕިލް ބުނުމުން ސަލްމާން ބުނެފައިވަނީ އެހާ ނަސީބު ރަނގަޅޭ ބުނެވެން ނެތް ކަމަށެވެ.
އެގޮތުން އުމުރުން 59 އަހަރު ވީ އިރު އަދި ފިލްމީ ދާއިރާގައި 36 އަހަރު ވީ އިރު އަދި ލޯބީގެ ގޮތުން ގުޅުނީ ތިން ހަތަރު މީހަކާއި ކަމަށާއި އާންމުގޮތެއްގައި އޭގެ ގުޅުމެއް ހައެއްކަ އަށެއްކަ އަހަރަށް ދެމިގެންދާކަމަށްވެސް ސަލްމާން ބުންޏެވެ.
އަދި އަލަށްވެސް ކައިވެންޏެއް ކޮށްފައިނުވާ ސަލްމާން ޚާނާއި ގުޅޭގޮތުން ހާމަވެގެންދިޔަ އެ މަޢުލޫމާތުތަކަކީ ސަލްމާން ޚާންގެ ފޭނުންނަށް ހައިރާންކަމެއް ގެނުވި މަޢުލޫމާތުތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް