ޙާޖީ އެމްވީގެ ނަމުގައި ޙައްޖާއި ޢުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ އެޕެއް ނެރެފިއެވެ.
އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ހާޖީ އެމްވީ އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ އެޕެއްކަމަށެވެ.
އެގޮތުން އެ އެޕްގައި ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯ ހިމެނޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަދި މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ އެ އެޕް އިން ބެލެން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތެވެ.
މި އެޕްގެ ސަބަބުން ދުއާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެކަނި އެ ދާއިރާއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭނެ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ މިއީ މި އެޕްގެ ފުރަތަމަ ވާރޝަން ކަމަށާއި މި އެޕް އިތުރަށް ތަރައްޤީކުރެވިގެން ދާނެ ކަމަށެވެ.
މީގެ އިތުުރުން މިނިސްޓަރު ވިދާޅުވީ އަމާޒަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް