އީރާނުގެ އަސްކަރިއްޔާގެ އަތުގައި އޮތް އެންމެ ބޮޑު އެއް ބެލިސްޓި މިސައިލް ކަމުގައިވާ ޙުއްރަމްޝަހުރު-4، އިސްރާއީލަށް ހަމަލާ ދިނުމުގައި އެގައުމުން ބޭނުންކޮށްފިއެވެ.
އިރާނުގެ ސަރުކާރުގެ ޓީވީން ވަނީ ކުރިން ޓެސްޓު ކުރުމަށް ފަހު ނަގާފައިވާ ޚުއްރަމްޝަހުރު-4 މިސައިލްގެ ފުޓޭޖްތަކެއް ދައްކާލާފައެވެ. މި ފުޓޭޖްތަކުގައި އިސްރާއީލަށް އަމާޒުކޮށް އިއްޔެ ދޫކޮށްލި މިސައިލްތަކުގެ ތެރޭގައި މި މިސައިލް ހިމެނޭކަމަށް ސްކްރީނުގައި ލިޔެފައިވެއެވެ.
ޚުއްރަމްޝަހުރު-4 އަކީ އިރާނުގެ ބެލިސްޓިކް މިސައިލްތަކުގެ ތެރެއިން އެންމެ ބޮޑު ޕޭލޯޑް އުފުލޭ މިސައިލެވެ. ތަޙުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި މިސައިލް ފަރުމާކޮށްފައި ވަނީ އެ ޤައުމުގެ އެންމެ މަތީ ވެރިޔާ ކަނޑައަޅާފައިވާ 2،000 ކިލޯމީޓަރުގެ ދުރުމިނުގެ ސީމާގެ ތެރޭގައި ހިފެހެއްޓުމަށް ކަމަށް ބެލެވެއެވެ.
މި މިސައިލްގެ ދުރުމިނަކީ 2،000 ކިލޯމީޓަރު (1،240 މޭލު) ކަމަށާއި އަދި އޭގެ ވޯހެޑްގެ ބަރުދަނަކީ 1،500 ކިލޯގްރާމް (3،300 ޕައުންޑް) ކަމަށް ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް