ބައިވަރު އަމާޒުތައް އަދިވެސް ބާކީ އެބަހުރި : ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން ޚިޠާބެއްގައި އީރާނުން އަވަހަށް ސުލްޙަ ނުވެއްޖެނަމަ، އެގައުމުގެ އެހެން އަމާޒުތަކަށް ޙަމަލާދިނުމަށް ފަސްނުޖެހޭނެކަމަށް ބުނެ އިންޒާރު ދީފިއެވެ. "އީރާނަށް އޮތީ ސުލ...

22 Jun 2025 | 03:38

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން ޚިޠާބެއްގައި އީރާނުން އަވަހަށް ސުލްޙަ ނުވެއްޖެނަމަ، އެގައުމުގެ އެހެން އަމާޒުތަކަށް ޙަމަލާދިނުމަށް ފަސްނުޖެހޭނެކަމަށް ބުނެ އިންޒާރު ދީފިއެވެ.

"އީރާނަށް އޮތީ ސުލްޙައެވެ. ނުވަތަ ވޭތުވެދިޔަ އަށް ދުވަހު އަހަރެމެންނަށް ފެނުނު ހިތާމައަށްވުރެ މާ ބޮޑު ހިތާމައެކެވެ،" އޭނާ ބުންޏެވެ.

ޓްރަމްޕް ބުނެފައިވަނީ، ހޮނިހިރު ދުވަހު އެމެރިކާއިން ޙަމަލާދިން ނިއުކްލިއަރ މަރުކަޒުތަކަކީ އެންމެ "ނުރައްކާތެރި" ތަންތަން ކަމުގައި ވީނަމަވެސް، "އަދިވެސް ގިނަ އަމާޒުތައް ބާކީ އެބަހުއްޓެވެ."

"އަވަހަށް ސުލްޙަ ނުވެއްޖެނަމަ، އަހަރެމެން އެ އެހެން އަމާޒުތަކަށް ހަމަލާ ދޭނީ ވަރަށް ފުރިހަމަ ގޮތެއްގައި، އަވަހަށް އަދި ހުނަރުވެރިކަމާއެކުގައެވެ،" އޭނާ އިތުރުކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް