އދ ގެ އެންމެ މަތީ ވެރިޔާ އެމެރިކާއިން އީރާނަށް ދިން ހަމަލާތައް ކުއްވެރި ކުރައްވައިފި

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ އެމެރިކާގެ ބޮންއަޅާ މަތިންދާ ބޯޓުތަކުން އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ޙަމަލާދިނުމުގެ ސަބަބުން "ނުރައްކާތެރި ގޮތަކަށް ހަނގުރާމަ ގޯސ...

22 Jun 2025 | 02:24

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ އެމެރިކާގެ ބޮންއަޅާ މަތިންދާ ބޯޓުތަކުން އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ޙަމަލާދިނުމުގެ ސަބަބުން "ނުރައްކާތެރި ގޮތަކަށް ހަނގުރާމަ ގޯސްވަމުން ދިއުމާމެދު" އެމަނިކުފާނު "ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ" ކަމަށެވެ.

"މި ހަނގުރާމަ ކޮންޓްރޯލުން ބޭރުވެގެން ދިއުމުގެ ނުރައްކާ އިތުރުވަމުންދޭ، އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި، މި ސަރަޙައްދަށާއި، އަދި މުޅި ދުނިޔެއަށް ވެސް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިދާނެ،" އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ "މި ނާޒުކު ވަގުތުގައި، ހަލަބޮލިކަމުގެ ވަށްބުރަކަށް ވެއްޓުނަ ނުދިނުމަކީ ވަރަށް މުހިންމު ކަމެއް" ކަމަށާއި އަދި އިތުރު ޑިޕްލޮމެޓިކް މަސައްކަތްތައް ކުރުމަށް ގޮވާލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް