އެމެރިކާގެ ހަމަލާތަކަށް ނަތަންޔާހޫ މަރުހަބާ ކިޔައިފި

އެކްސްގައި ޕޯސްޓް ކުރި ވީޑިއޯއެއްގައި ނަތަންޔާހޫ، އީރާނަށް ހަމަލާދޭން ޓްރަމްޕް ނިންމި ނިންމުމަށް މަރުހަބާ ކިޔައި ތައުރީފު ކޮށްފިއެވެ. މި ވީޑިއޯގައި ނަތަންޔާހޫ ބުނެފައިވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒު...

22 Jun 2025 | 02:11

އެކްސްގައި ޕޯސްޓް ކުރި ވީޑިއޯއެއްގައި ނަތަންޔާހޫ، އީރާނަށް ހަމަލާދޭން ޓްރަމްޕް ނިންމި ނިންމުމަށް މަރުހަބާ ކިޔައި ތައުރީފު ކޮށްފިއެވެ.

މި ވީޑިއޯގައި ނަތަންޔާހޫ ބުނެފައިވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭން ނިންމި ނިންމުމަކީ "ސަޅި" އަދި "ހެޔޮ" ނިންމުމެއްކަމަށާއި މި ނިންމުމުން ތާރީހު ބަދަލުކޮށްލާނެ ކަމަށެވެ. އަދި މި ހަމަލާއަކީ އެމެރިކާއިން މިވަނީ އެހެން ގައުމަކަށް ނުވާނެ ކަމެއް ކޮށްފަކަމަށެވެ.

އެމެރިކާއިން އީރާނު ހަނގުރާމައިގައި ބައިވެރިވުމުން މެދު އިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު ވަނީ ހީވެފައެވެ. އީރާނުން މީގެ ކުރިން ހަނގުރާމައިގައި ބައިވެރި ނުވުމަށް އެމެރިކާއަށް އިންޒާރު ދީފައިވެއެވެ. އަދި އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ ފުރިހަމައަށް ރައްދު ދޭނެކަމަށްވެސް އީރާނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް