ރާއްޖެއިން ވަޒީފާ ހޯދައިދޭނެކަމަށްބުނެ މީހެއްގެ އަތުން ހަ ލައްކަ ރުޕީސް އަތުލި މައްސަލައެއް !

ރާއްޖެއިން ވަޒީފާ ހޯދައިދޭނެކަމަށްބުނެ އިންޑިއާގެ ރައްޔިތެއްގެ އަތުން ހަ ލައްކަ ރުޕީސް އަތުލި މައްސަލައެއް އިންޑިއާގެ ދެހެރާދުން ޑިސްޓްރިކްޓްގެ ފުލުހުން ބަލަން ފަށައިފިއެވެ. ޓައިމްސް އޮފް އިންޑިއާގެ މ...

22 Jun 2025 | 02:04

ރާއްޖެއިން ވަޒީފާ ހޯދައިދޭނެކަމަށްބުނެ އިންޑިއާގެ ރައްޔިތެއްގެ އަތުން ހަ ލައްކަ ރުޕީސް އަތުލި މައްސަލައެއް އިންޑިއާގެ ދެހެރާދުން ޑިސްޓްރިކްޓްގެ ފުލުހުން ބަލަން ފަށައިފިއެވެ.

ޓައިމްސް އޮފް އިންޑިއާގެ މިއަދުގެ ޢަދަދުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެފަދަ މައްސަލައެއް ހުށަހެޅީ ރާޖް ކުމާރު ރާނާ ނަމަކަށް ކިޔާ މީހެކެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ސޮމެންދުރަ ޗޯހާން، ޗަންދުރަ ޕްރަކާޝް ޗޯހާން އަދި އާޔޫޝް ޗޯހާން ނަމަކަށްކިޔާ ތިން މީހެއްގެ މައްޗަށެވެ.

އެ ތިން މީހުންނަކީ ދެހެރާދުންގެ ޕްރޭމްނަގަރު ސަރަހައްދުގައި، ވަޒީފާ ހޯދައިދޭ ކުންފުންޏެއް ހިންގި ތިން މީހުން ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ތިން މީހުން "ވާމޯ އިންޓަނޭޝަނަލް" ގެ ނަމުގައި އެ ތިން މީހުން ހިންގި ކުންފުނިން ރާނާއަށް ފުރަތަމަ ޔަޤީންކަން ދިނީ ރާއްޖެއިން ރަނގަޅު ވަޒީފާއެއް ހޯދައިދިނުމަށެވެ. އެކަމަށް ރާނާގެ އަތުން އެމީހުން 3.6 ލައްކަ ރުޕީސް ނެގިއެވެ.

ވަޒީފާގެ ސިޓީ ނުލިބި ލަސްވެ ޝަކުވާ ކުރަން ފެށުމުން އެ ކުންފުނިން ރާނާ އަށް އެންގީ ރާއްޖެއިން ލިބުނު ފުރުޞަތު ގެއްލިފައިވާކަމަށާއި ޔޫރަޕުގެ ޤައުމަކުން ވަޒީފާ ހަމަޖެހިފައިވާކަމަށެވެ. އަދި އެކަމަށް އިތުރު 7.5 ލައްކަ ދައްކަން ޖެހޭ ކަމަށެވެ.

ރާނާ އެމީހުންނަށް އަނެއްކާވެސް 6.1 ލައްކަ ރުޕީސް ދިނުމުން ވަޒީފާ ލިބުނު ކަމުގެ ފޭކު ލިޔުމެއް ދިނުމަށްފަހު ފިލީ ކަމަށް ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް