ގދ. ފިޔޯރީން ގެއްލުނު ކުއްޖާ ފެނިއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެ ކުއްޖާ ފެނުނީ އެ ގެއާއި މާ ދުރު ނޫން ހިސާބެއްގައި ހޭ ނެތިފައި އޮއްވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ހާލު ރަނގަޅު ކަމަށެވެ.
"ގެއާ މާ ދުރު ނޫން ހިސާބެއްގައި ބްލެކް އައުޓްވެފައި އޮތް ކަމަށްވަނީ، މިހާރު މޫނު ފެން އުނގުޅާ ހެދީމަ ހާލު ރަނގަޅު، އެހެނަސް ކުއްޖާ އޮތީ ވަރަށް ހާސްވެފައި" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
ކުއްޖާ ފެނުނުކަން ފުލުހުންވެސް ކަށަވަރުކޮށްދެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ފިޔޯރީއަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ އެންމެ ފަހުން ފެނުނީ މިއަދު ހަވީރު 05:30 ހާއިރުގައެވެ. އޭރުއްސުރެ އެ ކުއްޖާ ގެއްލިގެން ހޯދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް