ހުޅުމާލެ ފިލިގަސްމަގުގައި ހިނގި މާރާމާރީއެއް ހުއްޓުވުމަށް ސީނަށް ދިޔައި ފުލުހެއްގެ ގައިގައި ކާރުން ޖައްސާ ފިލި މައްސަލައިގައި ދިވެހި ފިރެހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ހޮނިހިރު ދުވަހުގެ ފަތިހު މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެ ސަރަހައްދަށް ފުލުހުން ދިޔުމުން ، މާރާމާރި ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައިގެން އެ ސަރަހައްދުން ފިލަން މަސައްކަތް ކުރުމުގެ ތެރެއިން ފުލުހެއް ގައިގައި ކާރުން ޖައްސާ ކާރުގައި ތިބި މީހުން ވަނީ ފިލާފައި ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މި މީހާ ބަންދަށް 15 ދުވަސް ޖެހުމަށް ނިންމާފައިވަނީ މި މަހު 15 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ.
އެ މާރާމާރީ ތެރެއިން އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް