ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު ހިންމަފުށީގައި އަލުން ހިންގަން ފަށައިފި

ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު ހިންމަފުށީ ޑީޓީއާރްސީ ގައި، ނެޝަނަލް ޑްރަގް އެޖެންސީން އަލުން ހިންގަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ރިމާންޑް ސެންޓާރ ހިންގަން ފަށާފައިވަނީ މި...

22 Jun 2024 | 16:33

ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު ހިންމަފުށީ ޑީޓީއާރްސީ ގައި، ނެޝަނަލް ޑްރަގް އެޖެންސީން އަލުން ހިންގަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރިމާންޑް ސެންޓާރ ހިންގަން ފަށާފައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ގެ އިސްނެގުމާއި އެކުގައިކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ރަގަނޅުވާން އެދިފައިވާ ހަތް މީހަކު މި މަހު 15 އިން 21 އަށް ފުލުހުންގެ ފަރާތުން އެންޑީއޭ އާ ވަނީ ހަވާލުކުރެވިފައިކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުގައި ބަންދު ކުރެވޭނެ ގޮތެއް ނެތި، ފުލުހުންވަނީ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުރީސަރުކާރުގައި ރިމާންޑް ސެންޓާ ގާއިމްކުރަން ނިންމާފައި އޮތީ ގުޅީ ފަޅުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް