ވިނަރެސް ފްލެޓަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެޕްލައި ކުރުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލާފައިވާކަމަށް ބުނެ ސްކޭމް މެސެޖްތަކެއް ދައުރުވަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
ވިނަރެސް ފްލެޓަށް އެޕްލައި ކުރުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެބައޮތް ކަމަށް ބުނެ ،އިތުރު މައުލޫމާތު ވެބަސައިޓުން ލިބޭނެކަމަށް އަދި ލިންކެއް ހިމެނޭ ގޮތަށް ފޮނުވަމުން ދާ މި މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ލިންކު މެދުވެރިކޮށް ސްކޭމަރުން ދަނީ ފޭސްބުކް އަދި އިންސްޓަރގްރާމް ހެކްކޮށް ފްރެންޑް ލިސްޓުގައިވާ ފަރާތަކުގެ އަތުން ފައިސާ ހޯދަމުން ކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
މިފަދަ ލިންކު ތަކަށް ސަމާލުވުމަށާއި އެފަދަ ލިންކުތަކަށް ނުވަނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް