ހަތަރު މީހުންނާއި އެކީ ނ. އަތޮޅުން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއް ހާލުގައި ޖެހިފައިވަނިކޮށް ށ. އަތޮޅު ފުލުހުން އެހީތެރިވެއްޖެއެވެ.
ހާލުގައި ޖެހިފައިވަނީ ށ. ފުނަދޫ ފަޒާ ސްޕީޑް ނަމަކަށް ކިޔާ ލޯންޗެކެވެ. ށ. އަތޮޅު ފުލުހުން ބުނީ ލޯންޗު ބުރަފަތި މައްސަލަ ޖެހިގެން ފުލުހުން އެހީތެރިވެފައިވަނީ އެ ލޯންޗު ބޮސްމަދޫ ކައިރީގައި އޮއްވައެވެ.
ލޯންޗުގައި ދަތުރު ކުރި މީހުން ތެރޭގައި 3 ކުޑަކުދިންނާއި އެއް އަންހެނަކު ހިމެނޭ ކަމަށް ށ އަތޮޅު ޕޮލިސްޓޭޝަނުން މައުލޫމާތު ދެއެވެ.
އެ ލޯންޗުގައި ތިބި މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއި އެކު ޕޮލިސް 60 ނަންބަރު ލޯންޗުގައި ށ. ފުނަދޫއަށް ގެންގޮސްފައެވެ.
އަދި ބުރަފަތި މައްސަލަ ޖެހުނު ލޯންޗު ވަނީ ނ.ހެނބަދޫ ބަނދަރަށް ގެންގޮސްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް