ގދ. ފިޔޯރީގައި އުމުރުން ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން އެބަ ގެންދެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލު މެންބަރު އަހްމަދު ޒިހާން ވިދާޅުވީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުން ކުރަމުން އަންނަ ކަމަށެވެ.
ރަށު ކައުންސިލުން ބުނީ އެ ރަށު މަރިޔަމް މީނަލް މުހައްމަދު (އަޗޫ ދިޔެ) ވަނީ މިއަދު ހަވީރު 05:35 އިން ފެށިގެން ގެއްލިފައި ކަމަށެވެ.
"މި ކުއްޖާ ހޯދުމުގެ މަސައްކަތުގައި އުޅެދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް" ކައުންސިލުން ބުނެފައިވެއެވެ.
އެ ކައުންސިލުން ބުނެފައިވަނީ އެ ކުއްޖާ ފެނިއްޖެނަމަ 7574670 އަށް ގުޅާލަދެއްވުން އެދޭކަމަށެވެ.
ދުވަހަށް މައުލޫމާތު ހިއްސާކުރި އެ ރަށު މީހަކު ބުނީ އެ ކުއްޖާއަށް ވާނީ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް