އައްޑޫ ސިޓީގައި އިހުތިޖާޖު ކުރަމުން އަންނަ މަސްވެރިންނަށް ދިވެހި ފުލުހުން އިލްތިމާސްތަކެއް ކޮށްފިއެވެ.
އެގޮތުން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަސްވެރިން އައްޑޫ ސިޓީގައި ކުރަމުންދާ އިހުތިޖާޖު، ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ފުރުސަތު މި ގެންދަނީ ދެމުން ކަމަށާއި މި އިހުތިޖާޖާ ގުޅިގެން މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވުމާއެކު އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން މަސައްކަތް ކުރަމުން ގެންދާ ވާހަކަ ދަންނަވާކަމަށެވެ.
"ފުލުހުން އަމަން ގާއިމުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުންވެސް އެއްބާރުލުންދީ ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ނުކުރުމަށް މަސްވެރިންގެ ކިބައިން އެދެން" ފުލުހުން ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ އިހުތިޖާޖު ކުރުމުގައާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި، އެއްވެ އުޅުމާއި ހިޔާޅު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި އަދި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ގާއިމްކޮށް މަސްވެރިންނަށް ދޭންޖެހޭ އެއްބާރުލުން ދޭނެކަމުގައިވެސް ދަންނަވާކަމަށެވެ. މިގޮތަށް ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އާއްމު މަސްލަހަތު އިސްކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
https://www.facebook.com/dhuvasmv/posts/pfbid032xdLf1Z6V7ePAJvLFabKnjPLiJ545gLtPuGD3KksBk8Q79PLMWt6ZHmozYTQahE1l?__cft__[0]=AZXW1eePr04Mjnco7RmqnDHnTCz8mw4rBmxTmq6JlR-r9maxyTKwIjWuLG8ZMVrP1FvTZ4UU2OaQ61uPWEX2U1KsEGUx8JNh1x1sXj714oUecE1ik4rBifKQkuWHblJrYD9Ia3S52EInEMISVZcPFnc8teoojqhuZWkKw0LELqVvSFV2DGl76atVrqwTsesv0uuJvY-BAOMk7s6LgfZJo2qI&__tn__=%2CO%2CP-R
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް