ޢީދު ޝޯ ދޭން ދިޔަ އަންހެނަކު މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ބަލަނީ

ޢީދު ޝޯއެއްދޭން ރަށަކަށްދިޔަ އަންހެނަކު ރަށެއްގެ މިސްކިތުގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. އެގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ ރ. މީދޫގައި ޢީދު ޝޯ ދޭން ގޮސްތިބި ގްރޫޕެއ...

22 Jun 2024 | 14:31

ޢީދު ޝޯއެއްދޭން ރަށަކަށްދިޔަ އަންހެނަކު ރަށެއްގެ މިސްކިތުގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ ރ. މީދޫގައި ޢީދު ޝޯ ދޭން ގޮސްތިބި ގްރޫޕެއްގެ އަންހެން މެންބަރަކު އެ ރަށު މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ދުވަހަށް މަޢޫލޫމާތު ދެމުން އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ ރަށު ކައުންސިލުން ކަމަށާއި އެ އަންހެން މީހާއަކީ ށ. އަތޮޅުން އެ ރަށަށް ދިޔަ ނަށާ ގްރޫޕަކަށް ނިސްބަތްވާ އަންހެނެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް