ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބިދޭސީއަކު މަރުވެއްޖެއެވެ. އެކްސިޑެންޓު ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 6:40 ހާއިރު ކަމަށް ފުލުހުން މައުލޫމާތު...

22 Jun 2024 | 09:20

ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބިދޭސީއަކު މަރުވެއްޖެއެވެ.

އެކްސިޑެންޓު ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 6:40 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގާފައިވަނީ މާލެ ހައިވޭ ހުޅުމާލެއަށް ދާ ފަޅީގައެވެ. ހައިވޭ މަތިން ސައިކަލު ކަހާލައިގެން ފެންސު ތަކުގައި ޖެހި ސައިކަލުގައި އިން މީހާ ވަނީ ވަރަށް ބޮޑަށް ޒަޙަމް ވެފައެވެ.

މި ޙާދިސާގައި އަނިޔާވި މީހާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. އަދި އިތުރު ފަރުވާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ މީހާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.

މި ހާދިސާގައި މަރުވެފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ފިރެހެނެކެވެ. އަދި މި ޙާދިސާގައި އިތުރު މީހަކަށް އަނިޔާވިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް