2023 ވަނަ އަހަރުގެ އާ އަހަރަށް ރިލީޒް ކުރި "ލޯ މެރި ހިތް އުފާ" (ޕްރޭމް ޕްރޭމް) ލަވަޔަށް ޔޫޓިއުބްގައި އެއް މިލިޔަން ވިއުސް ލިބުމުން އެކަން ފާހަގަކޮށްފިއެވެ.
ދުވަހަށް މައުލޫމާތުދެމުން މި ވީޑިއޯ އުފެއްދި ގްރީން ކާޕެޓް ސްޓޫޑިއޯއިން ބުނީ އިއްޔެ އެ ވީޑިއޯއަށް އެއް މިލިޔަން ވިއުސް ލިބިފައިވާއިރު އެއީ އެ ޓީމުން ވަރަށް އުފާވާ ކަމެއް ކަމަށާއި މުޅި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އެ ޓީމުން ޝުކުރު އަދާކުރާ ކަމަށެވެ.
ޕްރޭމް ޕްރޭމް ރީ މޭކަކީ މިލަންދޫ ފެނަކަ ބްރާންޗާއި ގުޅިގެން ގްރީން ކާޕެޓް ސްޓޫޑިއޯއިން ނެރުނު ވީޑިއޯއެކެވެ. އެ ވީޑީއޯއަށް މިލިޔަން ވިއުސް ލިބުމުން ކޭކު ފެޅުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެ ވީޑިއޯގެ ތިން ތަރިން އެ ތަރިން އެ ވީޑިއޯގައި ބޭނުންކުރި ކޮސްޓިއުމާއެކު އެ ރަށު ފެނަކަ ބްރާންޗުގެ މުވައްޒަފުންވެސް ހިމެނޭހެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިފަދަ އިތުރު ރީމޭކެއް ނެރުމަށް ފުންކޮށް ވިސްނާ އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށް ގްރީން ކާޕެޓް ސްޓޫޑިއޯއިން ބުނެއެވެ.
https://www.youtube.com/watch?v=-aXahGe-itY&pp=ygUJcHJlbSBwcmVt
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް