ހަނިމާދޫގައި މީހެއްގެ ޚަބަރެއް ނުވެގެން ބެލި އިރު ފުރާނަ ނެތް

ހދ. ހަނިމާދޫގައި މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ އެ ރަށުގެ ގެއެއްގެ ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހަކު ރޭ ކޮޓަރިއށް ވަތްންގޮތަށް ޚަބަރެއް ނުވާކަމަށް މިއަދު ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުނ...

22 Jun 2024 | 08:49

ހދ. ހަނިމާދޫގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އެ ރަށުގެ ގެއެއްގެ ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހަކު ރޭ ކޮޓަރިއށް ވަތްންގޮތަށް ޚަބަރެއް ނުވާކަމަށް މިއަދު ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން އެޓެންޑްވެ ބެލި އިރު އެމީހާ އެނދުމަތީގައި އޮތީ އެއްވެސް ހަރަކާތެއް ނެތި ކަމަށެވެ.

"ރަށު ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މަޢުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެއީ ދިވެހި ފިރިހެނެކެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެއީ އުމުރުން 50 އިން މަތީގެ ފިރިހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް