ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށް ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ކުރިން ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 8:15 އިން 13:15 ގެ ނިޔަލަށެވެ. ނަމަވެސް މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލުގެ ވަގުތު ވަނީ މެންދުރު 13:15 އިން ފެށިގެން މިރޭ އިރުއޮއްސި 18:00 އާ ހަމައަށް އިތުރުކޮށްފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި ، ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދު ބާރުމިނުގައި ވައިގަދަވެ ވިލާގަނޑެއްގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލާފާކުރެވޭ ކަމަށެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް