އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ޕޯސްޓުތަކެއް ޖެހި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް އެކްސްގައި ޕޯސްޓުކޮށްފައިވަނީ އައިޝަތު ނަޒްހާގެ ނަމުގައި ހަދާފައިވާ އެކައުންޓަކުންނެވެ. އެ އެކައުންޓުގައި ޙައްޖުގެ އަޅުކަމަކީ ޖޯކެއް ކަމަށް ސިފަކޮށް ވަނީ ޔޯގާ ދިފާއު ކޮށް ވާހަކަދައްކާފައެވެ. އެ ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެ ޕޯސްޓަށް ކޮމެންޓް ކުރި އެކަންއުޓަކުންވެސް ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށްފައެވެ. ނަމަވެސް އެ އެކައުންޓު ވަނީ ފަހުން ޑިލިޓް ކޮށްފައެވެ.
އައިޝަތު ނަޒްހާގެ އެކައުންޓުގެ ޕްރޮފައިލް ފޮޓޯއަކަށް ބޭނުންކޮށްފައިވަނީ ކުރީގެ ސިފައިންގެ ބޭފުޅެއްގެ ފޮޓޯ އެޑިޓްކޮށްގެންނެވެ. މި އެކަންއުޓަކީ ފޭކް އެކައުންޓެއް ކަމަށް ބެލެވެއެވެ.
ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަތަކަކީ ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ބަލާ މައްސަލަ ތަކެކެވެ.
މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ދާކަން ފުލުހުން ވަނީ ހާމަ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް