"މިހާރު" ނޫހުގެ މެނޭޖިންގް އެޑިޓަރ އިސްމާއީލް ނަސީރު (އިސްމާ) އަށް ސްޓްރޯކެއް ޖެހި މާލެ ގެނެސް ފަރުވާ ދޭން ފަށައިފިއެވެ.
ނަސީރަށް ސްޓްރޯކް ޖެހިފައިވަނީ އޭނާގެ އުފަން ރަށް ބ. އޭދަފުށީގައި ހުއްޓާ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
އިސްމާ މާލެ ގެނެސް މިހާރު ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ޑޮކްޓަރުން ދަނީ ޓެސްޓުތަކާއި އިތުރު ތަހުލީލުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ނަސީރު ކުރިން މަސައްކަތް ކޮށްފައިވަނީ ކުރީގަ ރާއްޖޭގެ އެންމެ ބޮޑު ނޫސް ކަމަށް ވާ "ހަވީރު" ނޫހުގައެވެ. އަދި މިހާރު މަސައްކަތް ކުރަމުން ގެންދަނީ "މިހާރު" ނޫހުގައެވެ. ނަސީރަކީ ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅެކެވެ. އަދި ދާއިރާގައި ގިނަ ދުވަސްވެފައިވާ ނޫސްވެރިއެކެވެ.
މިގޮތުން 2018 ވަނަ އަހަރު އިސްމާ ވަނީ ނޫސްވެރިންގެ އަގު ވަޒަންކޮށްދޭ " ރަން ގަލަން" އެވޯޑު ހާސިލް ކޮށްފައެވެ. މީގެ އިތުރުންއ ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިމާނުވެސް ހާސިލު ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް