ލެއްގި ޑިންގީއެއްގައި ސޯމާލިއާގެ ތިން މީހަކު

ނ އަތޮޅު ވަވަތިއަށް ޑިންގީއެއް ލައްގައިފިއެވެ. މި ޑިންގީގައި ސޯމާލިއާއަށް ނިސްބަތްވާ ތިން ފިރިހެނަކު ތިބި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނ އަތޮޅު ވަވަތިއަކީ ދަނޑުވެރިކަމާ މަސްވެރިކަމުގެ ސިނާއީ މަސ...

22 Jun 2024 | 07:11

ނ އަތޮޅު ވަވަތިއަށް ޑިންގީއެއް ލައްގައިފިއެވެ.

މި ޑިންގީގައި ސޯމާލިއާއަށް ނިސްބަތްވާ ތިން ފިރިހެނަކު ތިބި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ނ އަތޮޅު ވަވަތިއަކީ ދަނޑުވެރިކަމާ މަސްވެރިކަމުގެ ސިނާއީ މަސައްކަތްތަކަށް ކުރުމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.

މިއަދުގެ ވަގުތެއްގައި އެ ރަށަށް ސޯމާލިއާއަށް ނިސްބަތްވާ ޑިންގީއެއް ލައްގާފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވާއިރު، މިކަމާއި ގުޅިގެން އިތުރު މައުލޫމާތެއް އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.

ފުލުހުން ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަގޮތުގައި އެ ތިން މީހުންގެ ހާލުވެސް ގޯހެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް