ޙައްޖުގެ އަޅުކަމަށް މައްކާއަށް ދިޔަ ދިވެހިން ހޯމަ ދުވަހު އަންނަން ފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އިއްޔެ ބުނެފައިވަނީ 1445 ވަނަ އަހަރު ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ފަހު ދިވެހި ޙައްޖުވެރިން މިހާރު ތިބީ ފުރުމަށް ތައްޔާރަށް ކަމަށެވެ.
ޙައްޖުވެރިން އަންނާނެ ތާރީޙް ތަކަކީ
- ފުރަތަމަ ފްލައިޓް ޖޫން 24ގައި
- ދެވަނަ ފްލައިޓް ޖޫން 28ގައި
- ތިން ވަނަ ފްލައިޓް ޖުލައި 01ގައި
- ހަތަރު ވަނަ ފްލައިޓް ޖުލައި 04 ގައި
މި އަހަރު ޙައްޖުގެ އަޅުކަން ކުރުމަށް ރާއްޖޭން 1150 ޙައްޖުވެރިން މައްކާއަށް ގޮސްފައި ވެއެވެ.
މިހާތަނަށް ދިވެހި އެއް ޙައްޖުވެރިއަކު ނިޔާވެފައިވާއިރު މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ އެއް ޙައްޖުވެރިއަކަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އާއްމު ގޮތެއްގައި ޙައްޖުވެރިންގެ ހާލު ރަގަނޅުކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް